an image

ސިވިލް ކޯޓުގެ އަވަސް ނިޔާއާބެހޭ ބައިން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ކަމަށްވާ-/20،000ރ.(-ވިހިހާސް ރުފިޔާ) އަށްވުރެ ކުދި ދަރަނީގެ މައްސަލަތަކާއި، މައްސަލަތަކުގެ އަގާއި ތަކެތީގެ އަގު ނުދީގެން ހުށަހަޅާ މައްސަލަތައް ހުށަހަޅާނީ އެމް.009 ނަމްބަރު ފޯމުންނެވެ.

މިފޯމު ފުރުމަށްފަހު ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ފޯމު ކޯޓަށް ހުށަހަޅާނީއެވެ. މިގޮތުން ދައުވާކުރާ ފަރާތުގެ ދަޢުވާ ސާބިތު ކުރުމަށް ޝަރީއަތަށް ހުށަހަޅަން ޤަޞްދުކުރާ އެންމެހާ ލިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ބޭރުބަހަކުން ލިޔެފައިވާ ލިޔުމެއް އޮތްނަމަ އެލިޔުމެއްގެ ތަރުޖަމާވެސް ހުށަހަޅަންވާނެއެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅަންޖެހޭނަމަ ހެކިންގެ ނަމާއި އެޑްރެސް ދަޢުވާ ފޯމުގައި ލިޔަންޖެހޭނެއެވެ.

ދަޢުވާކުރާ ފަރާތާއެކު ޤާނޫނީ ވަކީލަކު ގެންނަން ޤަޞްދުކުރާނަމަ ނުވަތަ ބަދަލުގައި ޝަރީޢަތަށް އެހެންމީހަކު ފޮނުވާނަމަ، އެފަރާތެއް އައްޔަންކުރިކަމުގެ ލިޔުމާއި އެފަރާތުން ޝަރީޢަތަށް ޙާޟިރުވުން ޤަބޫލުކުރާކަމުގެ ލިޔުން ދަޢުވާ ފޯމާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.

ދަޢުވާ ފޯމު ޤަވާއިދުން ފުރިހަމަކޮށްފައިވާނަމަ އަދި އެމައްސަލައަކީ މަދަނީ ކޯޓުން ބެލިދާނެ މައްސަލައަކަށްވެފައި، އެމައްސަލައަކީ ޤަޟިއްޔާއެއްގެ ގޮތުގައި ބަލާނެތަން އޮތް މައްސަލައަކަށް ވާނަމަ އަދި އެމައްސަލައަކީ މަދަނީ ކޯޓުގެ އަވަސްނިޔާއާބެހޭ ބައިން ބެލުމަށް ހަމަޖެހިފައިވާ ބާވަތުގެ މައްސަލައަކަށްވާނަމަ މައްސަލަ ހުށަހެޅުމަށްޓަކައި ކޯޓަށް ދައްކަންޖެހޭ -/25 ރުފިޔާ ދެއްކުމަށް ދަޢުވާކުރާ ފަރާތައް އެންގޭނެއެވެ.

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ