މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން މިކޯޓުން ބަލާ މައްސަލަތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

  • މުދަލާއި ގޯތިގެދޮރާއި ތަރިކައާބެހޭބައި
  • ވާރުތަ މުދަލާބެހޭ މައްސަލަތަކާއި ތަރިކައިގެ މައްސަލަތަކުގެ ތެރެއިން ބައިތުލްމާލަށް ލިބޭ މައްސަލަތައް
  • ހިބަ
  • ދިނުން
  • އެއްމެދު މުދާ ހަމަޖެއްސުން
  • ބަދަލު ދިނުން
  • ގޯތިގެދޮރާބެހޭ މައްސަލަތަކާއި، އެކަކަށްވުރެ ގިނަ މީހުންނަށް ލިބިގެންވާ ގޯތިގެދޮރާއި މުދާ ވަކިކޮށްދިނުން
  • ގޯތިގެދޮރުން މީހުން ނެރުނ
  • ވަޤުފު
  • ލާޖެއްސުން
  • ހޮވައިގެން ގެނެވޭ ތަކެއްޗާބެހޭ މައްސަލަތައް
  • އިފްލާސްކުރުން
  • ސަރުކާރާއި، ސަރުކާރު ނޫން ފަރާތްތަކާއި، އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ނުވަތަ އެ އެއްބަސްވުންތަކާ ޚިލާފުގެން ހުށަހެޅޭ މައްސަލަތައް
  • ވިޔަފާރިއާބެހޭ މައްސަލަތައް
  • ރަހުނާބެހޭ މައްސަލަތައް
  • ދަރަނީގެ މައްސަލަތައް
  • ޝަރީޢަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް
  • ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުވާލުމަށް ހުށަހެޅޭ ކުންފުނިތަކާބެހޭ މައްސަލަތައް
  • މަސައްކަތަށް ނުވަތަ ތަކެއްޗަށް އަގުހަމަޖެއްސުމަށް ނުވަތަ ހަމަޖައްސާފަިވާ އަގު ނުދީގެން ހުށަހަޅާ މައްސަލަތައް
  • އެކިއެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅޭ މައްސަލަތައް
  • ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް
  • އަވަސްނިޔާއަށް ބޭނުންވުމުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އަވަހަށް ނިންމިދާނެކަމަށް ފެންނަ ބާވަތުގެ މައްސަލަތައް
  • ސަރުކާރާއި ސަރުކާރު ނޫން ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާއި ރަހުނު ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް
  • ޕަވަރ އޮފް އެޓާރނީއާއި އެހެނިހެން ލިޔުންތައް ރަޖިސްޓަރީކޮށްދިނުމުގެ މައްސަލަތައް
  • ސަރުކާރުގެ އެހެން އޮފީހަކުން ތަސްދީޤުކުރުމަށް ހަޖެހިފައިވާ ލިޔުުންތައް ފިޔަވައި އެންމެހައި ލިޔުންތައް ތަޞްދީޤުކުރުން
  • އެހެނިހެން މަދަނީ މައްސަލަތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ