ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރާ ކަންކަން ބެލުމުގެ އިޚްތިޞާޞް، ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައިފި
މިގޮތަށް ކަނޑައެޅީ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޝަރުއީ ކޯޓަކުން ބެލޭނެ މައްސަލައެއްނޫން ކަމަށާއި، ޕްރޮސެކިއުޓަރ ޒިމްމާދާރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށް، އެމައްސަލައަކީ ސިވިލްކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބަލައި، އިޖްރާއީގޮތުން ނިންމި ނިންމުމުގައެވެ.
މިގޮތުން ނިންމި ނިންމުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކިމައްސަލައަކާ ގުޅިގެން ކަންކޮށްފައިވަނީ ޤާނޫނުގެ ހުދޫދުގެ ތެރެއިންކަން ނުވަތަ ނޫންކަން ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.
