an image

މިގޮތަށް ހުކުމް ކުރީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ސިޔާސީޕާޓީގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަން އިންކާރު ކުރާތީ، އެޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށް ދެއްވުމަށް އެދިވަޑައިގެން ހ.ދޮންޖޭމުގޭ ޢުމަރު ނަސީރު ހުށަހެޅި މައްސަލާގައެވެ.

މިގޮތަށް ހުކުމް ކުރައްވަމުން ޤާޟީ ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕާޓީއެއް ރަޖިސްޓަރީ ކުރުމަށް ނުވަތަ ރަޖިސްޓަރީ ކޮށްދީފައިވާ ޕާޓީއަކުން ގެންނަ ބަދަލެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނައި ދިނުމަށް، އިލެކްޝަން ކޮމިޝަނުން އިންކާރު ކޮށްފިނަމަ، އެކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައަސަލަ ހުށަހެޅުމުގެ ހައްޤު އެޕާޓީއަކަށް ލިބިގެންވާ ކަމަށް " ސިޔާސީ ޕާޓީގެ ޤަވާޢިދު 2005 " ގެ 18 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ ކަމަށެވެ.

އިތުރު ޚަބަރުތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ