an image

އިލްޔާސް ލަބީބުގެ މައްޗަށް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަރާތުން ކޮށްފައިވާ އަބުރާ ބެހުމުގެ ދަޢުވާގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަބުރާއިބެހި، އިލްޔާސް ލަބީބު ބުނެފައިވާ ވާހަކަތައްކަމުގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ދަޢުވާގައި ބުނެފައިވާ ވާހަކަތަކަކީ އިލްޔާސް ލަބީބުގެ ގާތުގައި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބުނެފައިވާ ވާހަކަތަކެއްކަން ޡާބިތުކޮށްދިނުމަށްޓަކައި އިލްޔާސް ލަބީބުގެ ފަރާތުން ހުށަހަޅަން ޖެހޭ ހެކި ހުށަހެޅުމަށްޓަކައި އޭނާ ޝަރީޢަތުގެ މަޖިލީހުގައި ހުވާކުރަން ތައްޔާރަށް ހުރިކަމަށް ބުނެ، އެކަމަށް އެދުމުން، އެއަށް ޝަރީޢަތުގެ ފަރާތުން ޖަވާބު އެރުވުމުގައި، ޤާޟީ ދައްކަވާފައިވާ ވާހަކަތަކުގެ އަޞްލު ގެއްލޭގޮތަށް 2010 ޑިސެމްބަރ 8 ވަނަ ދުވަހު ބައެއް މީޑިޔާތަކުން ޚަބަރު ޝާއިޢުކޮށްފައިވާތީ، އިއްޔެ ( 2010 ޑިސެމްބަރ 8 ވީ ބުދަދުވަހު) ގެ ޝަރީޢަތުގެ މަޖިލީހަށް އަޑުއަހަން ވަން ނޫސްވެރިންނާއި ސިވިލް ކޯޓުގެ ފަރާތުން ބައްދަލުކުރައްވައިފިއެވެ..

އިދާރީ ގޮތުން ސިވިލް ކޯޓުގެ ފަރާތުން ބޭއްވި މިބައްދަލުވުމުގައި، އިއްޔެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީދެއްކެވި ވާހަކަ ފުޅު ވަނީ ކޯޓުގެ ފަރާތުން ހުރިހާ ނޫސްވެރިންނަށް ކިޔައިދެއްވާފައެވެ. އެގޮތުން، އިލްޔާސް ލަބީބަށް ޖަވާބު އެރުވުމުގެގޮތުން ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ވިދާޅުވީ " ޡާބިތުކުރަންޖެހޭ ނުކުތާއެއްގައި، ހެކި ދައްކަން ޖެހޭ ފަރާތަށް ހެކި ނުދެއްކިއްޖިއްޔާ، ހުވާ ދާނީ ފުރަތަމަ އަނެއް ފަރާތަށް" ކަމަށް ނޫސްވެރިންނަށް ސާފުކޮށްދެވިފައިވެއެވެ. ޤާޟީ އެވިދާޅުވި ބަސްފުޅު އިތުރަށް ތަފްޞީލުކުރުމަށް ނޫސްވެރިން އެދުމުން، ޤާޟީ ވިދާޅުވިއެއްޗެއް އިތުރަށް ތަފްޞީލު ކުރެވޭނީ ޤާޟީގެ ހުއްދަ ލިބިގެންކަމަށާއި، އެނޫން ގޮތަކަށް އެވިދާޅުވާއެއްޗެއް ތަފްޞީލުކުރުމަކީ ޝަރީޢަތަށް ބުރޫ އަރާފަދަކަމެއް ދިމާވެދާނެ ކަމެއްކަމަށް ނޫސްވެރިންނަށް ދަންނަވާފައިވާފައިވެއެވެ.

އަދި ވާބަޓިމްކޮށް، ބަހުންބަހަށް، ޤާޟީ ވިދާޅުވި ބަސްފުޅު ގެނެސްދިނުމުގައި ދަތިތަކެއް ދިމާވެދާނެކަމެއްކަމަށް ސިވިލް ކޯޓުން ޤަބޫލުކުރާކަމަށާއި، އެގޮތުން އެފަދަ ކަންކަން ޙައްލުކުރުމަށް ސިވިލް ކޯޓުން ކޮށްދެވިދާނެ ކަންކަމާއިގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ޝަރީޢަތްތަކަށް ނޫސްވެރިން ޙާޟިރުވުމުގައި، ދިމާވާ ދަތިތަކާއި، ޙައްލުކުރަންޖެހޭ ކަންކަމާއިމެދުވެސް މަޝްވަރާކުރެވިފައިވެއެވެ.

އިތުރު ޚަބަރުތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ