an image

ސިންގަޕޫރުގައި މިމަހުގެ 04 އިން 06 އަށް އޮތް އޭޝިޔާ ޕެސިފިކް ކޯޓްސް ކޮންފަރެންސް ގައި ބައިވެރި ވުމަށްފަހު، މަދަނީކޯޓުގެ އިސްޤާޟީ ޢަލީ ސަމީރު އާއި ޤާޟީ ޢާއިޝާ ޝުޖޫން މާލެ ވަޑައިގެންފިއެވެ. މިކޮންފަރެންސްއަކީ، ޤައުމުތަކުގެ ޖުޑީޝަރީއަށް އަލަށް ތަޢާރުފުވާ އިންޓަރނޭޝަނަލް ފުރޭމް ވޯކް ފޮރ އެކްސެލެންސްގެ ކޮންސެޕްޓް ތަކާއި، މިކޮންސެޕްޓްތަކަށް އަހުލުވެރި ވުމުގެ އިތުރުން ކޯޓުތަކުގެ ނިންމުންތަކާއި އިދާރީ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވުނު ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި ދުނިޔޭގެ ތަފާތުގިނަ ޤައުމުތަކެއްގެ މަންދޫބުން ބައިވެރިވިއެވެ.

އިތުރު ޚަބަރުތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ