an image

ސިވިލް ކޯޓުން ޚިދްމަތް ދިނުމުގައި ދައުލަތާ ޢާންމުންނާމެދު އެއްހަމައަކުން ޢަމަލުކުރުމަށް ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުގެ ނަންބަރު Cv-C/GMJ-11/11 ޖަލްސާއަށް އެޖެންޑާކޮށް، ސިވިލް ކޯޓުގެ ޤާޟީން މަޝްވަރާކޮށް، ނިންމާފައިވަނީ ޤާނޫނަކުން ދައުލަތް އިސްތިސްނާކޮށްފައިވާ ކަންކަން ފިޔަވާ އެނޫން ކޮންމެ ކަމެއްގައި ދައުލަތާއި ޢާންމު ފަރުދުން ހަމަހަމަކުރުމަށެވެ.

ޤާޟީންގެ ޢާންމު މަޖިލީހުގެ ނިންމުމުގެ ސަބަބުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާއި، މައްސަލަތަކަށް ޖަވާބުދާރީވުމާއި، ކޯޓު އަމުރު ފޮނުވުމުގައި ޢަމަލުކުރާ އުސޫލާއި، ކޯޓުގެ ޚިދުމަތްތަކަށް ފީދެއްކުމުގައި ޤާނޫނަކުން ދައުލަތް އިސްތިސްނާކޮށްފައިނުވާ ކޮންމެ ކަމެއްގައި ޢާންމު ފަރުދުންނާއި ދައުލަތް ހަމަހަމަ ވާނެއެވެ.

މިގޮތަށް މިނިންމުން ނިންމާފައިވަނީ އިންޞާފުގެ މަގުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސިވިލް ކޯޓުގެ ކުރިމަތީގައި ދައުލަތަކީ ޚަޞްމެއްކަމަށްވެފައި، ހުރިހާ ފަރާތްތަކާއިމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރުމަކީ ކޯޓުތަކަށް ލާޒިމުވާކަމެއް ކަމުގައިވާތީއެވެ.

އިތުރު ޚަބަރުތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ