ސިވިލް ކޯޓުގެ 2011 ވަނަ އަހަރުގެ ކަލަންޑަރ ޝާއިއުކޮށްފި
2011 ވަނަ އަހަރުގެ ސިވިލް ކޯޓު ކަލަންޑަރުގައި ސިވިލް ކޯޓު ރިސެސްއަށް ދާނެ ދުވަސްތަކާއި ސަރުކާރު ރަސްމީ ބަންދު ދުވަސްތައް ހިމަނާފައިވެއެވެ. މިގޮތުން ސިވިލް ކޯޓު އަހަރުގެ ތެރޭގައި ދެފަހަރު ރިސެސްއަށް ދެއެވެ. އެއީ، އަހަރުގެ މެދުތެރެއިން ޖޫން މަހުގެ 01 އިން އެމަހުގެ 10 އަށްދާ ރިސެސްއާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހުގެ 01 އިން އެމަހުގެ 20 އަށެވެ.
ކޯޓު ރިސެސްގެ ތެރޭގައި ކޯޓުގެ މަސައްކަތް އިންތިޒާމް ކުރާނެގޮތް ސިވިލް ކޯޓުގެ ޤާޟީންގެ އާންމު މަޖިލީހުން ހުށަހަޅާ ގޮތަށްވަނީ ހަމަޖެހިފައެވެ.
