an image

މ.ހަނީޑިއު އިސްމާޢީލް ވިސާމް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މައްޗަށް ދަޢުވާކުރި މައްސަލާގައި އިޖްރާއީގޮތުން ގޮތެއް ނިންމައި، މައްސަލައަށް ޖަވާބު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އަންގައިފިއެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، އިޖްރާޢީގޮތުން ގޮތެއް ނިންމަވަމުން މައްސަލަ ބައްލަވާ ޤާޟީ ހާތިފް ޙިލްމީ ވިދާޅުވީ، "އިޖްރާޢީގޮތުން ނިންމުމަށް އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ މައްސަލާގެ މަޢުޟޫއާއި ގުޅުންހުރި، އަދި ޙުކުމަކުން ނިންމެން ހުރި ކަންތައްތަކެއްކަމުގައިވާތީ، އެކަންތައްތަކާމެދު ޙުކުމަކުން ނޫންގޮތަކަށް ގޮތެއް ކަނޑައެޅެން ނެތްކަމަށް އަންގަމެވެ" މިހެންނެވެ.

އަދި މިމައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން މައްސަލައަށް ޖަވާބު ދިނުމަށް މައްސަލަ ބައްލަވާ ޤާޟީ އަންގަވާފައިވެއެވެ.

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ