an image

ޓްރައިބިއުނަލްގެ ނިންމުމަށް ޢަމަލުނުކުރުމުން މައްސަލަ ހުށަހަޅާ ފޯމް މިއަދު ސިވިލް ކޯޓުން ތަޢާރަފުކޮށްފިއެވެ. މިހާތަނަށް އައިއިރު އެމައްސަލަތައް ހުށަހަޅަމުން ގޮސްފައިވަނީ ޙުކުމް ތަންފީޛުކުރާފޯމުންނާއި، މަދަނީ މައްސަލަ ހުށަހަޅާ ފޯމުންކަމަށްވެފައި، އެކަމުގައި އިޖްރާއީގޮތުން ދިމާވާ ދަތިތައް ޙައްލުކު ރުމަށް އިއްޔެ ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ފޯމަށް ޢަމަލުކުރަންފަށާނީ މިއަދުން ފެށިގެންނެވެ.

ސިވިލް ކޯޓުގެ ރަޖިސްޓްރަރ ސެކްޝަނުން ވިދާޅުވީ، މިއަދަށްފަހު ޓްރައިބިއުނަލްގެ ނިންމުންތަކަށް ޢަމަލުނުކުރުމުން ދަޢުވާކުރާއިރު، އެދަޢުވާތައް މަދަނީ މައްސަލަ ހުށަހަޅާ ފޯމުންނާއި، ޙުކުމް ތަންފީޛުގެ ފޯމުން ހުށަހަޅާފައިވާނަމަ، އެފޯމްތައް ބަލައިގަނެ ރަޖިސްޓްރީ ކޮށްނުދޭނެކަމަށެވެ. އަދި ފުރަތަމަ ހުށަހަޅާއިރު، ޓްރައިބިއުނަލްގެ ނިންމުމަށް ޢަމަލުނުކުރުމުން މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅުމަށާއި، އެގޮތުން ކޯޓުން ކުރާ ޙުކުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ އެމައްސަލައެއް ތަންފީޛުކުރުމަށްއެދި ޙުކުމް ތަންފީޛު ފޯމުން ހުށަހަޅުއްވަމުން ގެންދިއުމަށް ސަމާލުކަން ދެއްވުމަށް ރަޖިސްޓްރަރ ސެކްޝަނުން ވިދާޅުވިއެވެ.

ޓްރައިބިއުނަލްގެ ނިންމުމަށް ޢަމަލުނުކުރުމުން މައްސަލަ ހުށަހަޅާ ފޯމް މިސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 ފޯމް ޑައުންލޯޑް ކުރެއްވުމަށް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ