ސިވިލް ކޯޓަށް ހާޟިރުވާ މީހުން ޗުއްޓީއަށް އެދޭފޯމް ތަޢާރަފްކޮށްފިއެވެ.

ޗުއްޓީއަށް އެދުމުގައި މިހާތަނަަށް ޢަމަލުކުރަމުންއައީ ސިޓީ އެއް ފޮނުވައިގެން އެކަމަށް އެދުމަށެވެ. އެހެންނަމަވެސް އެކަމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް އަލަށް ތަޢާރަފުކުރި ފޯމް ހުށަހަޅުއްވަމުން ގެންދަވަންޖެހޭނީ 2011 އޭޕްރީލް 24 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ޗުއްޓީ ފޯމު ފުރުއްވާއިރުގައި، ފުރިހަމައަށް މަޢުލޫމާތު ހުށަހެޅުމަށާއި، ޗުއްޓީ ބޭނުންވާނެކަން އަންގައިދޭ ލިޔުންތައް ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ސިވިލް ކޯޓުގެ ރެޖިސްޓްރަރ ސެކްޝަނުން އެދިފައިވެއެވެ.

ޗުއްޓީއަށް އެދޭފޯމް ސިވިލް ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. އަދި ސިވިލް ކޯޓުގެ ކައުންޓަރުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ސިވިލް ކޯޓަށް ހާޟިރުވާ މީހުން ޗުއްޓީއަށް އެދޭފޯމް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ