މަދަނީކޯޓްގެ ޤާޟީ ކަމުގެ ހުވާ އައްޝައިޚް މުޙައްމަދު ނަޢީމް ކުރައްވައިފި
މަދަނީކޯޓުގެ ޤާޟީ ކަމުގެ ހުވާ އައްޝައިޚް މުޙައްމަދު ނަޢީމް ކުރައްވައިފިއެވެ. ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމް މިއަދު މިހުވާ ކުރެއްވީ ޤާޟީން ދާއިމީ ކުރުމުގެ ހުވާ ކުރެއްވި އިރު ، ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމުގެ ސަބަބުން، އޭނާ ހުވާ ނުކުރައްވަވާތީއެވެ. ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމް އަށް ހުވާ ލައިދެއްވީ، މަދަނީކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަލީ ސަމީރުއެވެ. އަދި ޤާޟީ ކަމުގެ ފަތްކޮޅު ދެއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. .
