ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާއި ޚިލާފްވެގެން 10(ދިހައެއް) ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
މިގޮތަށް އަދަބު ކަނޑައެޅީ، ޤާނޫނު ނަންބަރު 2010 / 22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ)ގެ ދަށުން، މ.ރީފްސައިޑް/މާލެ މުޙައްމަދު ސަޢީދު ގެ މައްޗަށެވެ.
މުޙައްމަދު ސަޢީދު އަށް އަދަބު ކަނޑައެޅީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ކުރާ ފަރާތުގެ ބަދަލުގައި ޙާޟިރުވި ދަފްތަރު ނަންބަރު 4666 އަޙުމަދު ނަޖީބާއި ދިމާއަށް ހަޅޭއްލަވާ، އަޑުގަދަ ކޮށްފައިވާތީ، އެގޮތަށް ޢަމަލު ނުކުރުމަށް ޝަރީޢަތުން ތަކުރާރުކޮށް އެންގުމުންވެސް ޝަރީޢަތުގެ އަމުރަށް ތަބާނުވެ، އަދި އަޙުމަދު ނަޖީބަށް ބިރުދައްކަން އުޅެފައިވާތީއެވެ.
