ހ.ދިވެހިގެ އަޙްމަދު ޝަރީފް ހައިކޮމިޝަން އޮފް އިންޑިއާގެ މައްޗަށް ކުރި ދަޢުވާގެ ޙުކުމް މިއަދު ކޮށްފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ ހާތިފް ޙިލްމީ އިއްވެވި ޙުކުމުގައި ބުނެފައިވަނީ "ވިއަނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" އަކީ ދިވެހިރާއްޖޭން ބައިވެރިވެފައިވާ އަދި ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކޮށް ޢަމަލުކުރާ މުޢާހަދާއެއްކަމުގައިވާހިނދު، އެމުޢާހަދާގެ 31 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ (އޭ) އިން ޑިޕްލޮމެޓިކް މިޝަންގެ ބޭނުމަށްޓަކައި ނުއުފުލޭމުދާލާ ގުޅިގެން އުފެދޭ ދަޢުވާތަކުން ޑިޕްލޮމެޓިކް އޭޖަންޓުންނަށް އިމްތިޔާޒް ލިބިގެންވާކަން އެނގެން އޮންނަކަމަށެވެ.

އަދި އެމުޢާހަދާގެ 1 ވަނަ މާއްދާގައި "ޕްރެމިސަސް އޮފް ދަ މިޝަން" މާނަކޮށްފައިވާއިރު، އެމާނައިގެ ތެރޭގައި އެމިޝަންގެ އެންމެ އިސްފަރާތް ދިރިއުޅޭތަން ހިމަނާފައިވާކަމަށާއި، ހ.ދިވެހިގެ މުޙައްމަދު ޝަރީފާއެކު ހައިކޮމިޝަން އޮފް އިންޑިޔާއިން ހަދާފައިވާ އެއްބަސްވުމަކީ ދިވެހިރާއްޖޭގައި އިންޑިއާ ތަމްސީލުކުރުމަށް ހުންނަ އެންމެ އިސްފަރާތްކަމުގައިވާ އިންޑިއާގެ ހައިކޮމިޝަނަރ ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށްޓަކައި ވެފައިވާ އެއްބަސްވުމެއްކަމުގައިވާތީއާއި، އަދި މިއެއްބަސްވުމަކީ ހައިކޮމިޝަން އޮފް އިންޑިއާގެ ބޭނުމަށްޓަކައި ވެފައިވާ އެއްބަސްވުމެއްކަމުގައިވުމުން، މިއެއްބަސްވުމުގައި ޑިޕްލޮމެޓިކް އޭޖަންޓުންނަށް ލިބިދޭ އިމްތިޔާޒްތައް ބަޔާންކޮށް ލިޔެފައިނުވިނަމަވެސް، އެއެއްބަސްވުމުގެ "އިމްޕްލައިޑް ޓަރމްސް" ގެ ގޮތުގައި އެމުޢާހަދާގައި ބަޔާންކޮށްފައިވާ އިމްތިޔާޒްތަކާއި މަބާދިއުތައް ހިމެނޭނެކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ހައިކޮމިޝަން އޮފް އިންޑިއާއިން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފުމަށް ބޭނުންވާތީ، ސިވިލް ކޯޓުގައި މިދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ