ޕާކިސްތާނުގެެ ރިޓަޔަޑް ޖަސްޓިސް ނާޞިރު އަސްލަމް ޒާހިދު ސިވިލް ކޯޓުގެ ޤާޟީންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ސިވިލް ކޯޓުގައި މިއަދު ބޭއްވި މިބައްދަލުވުމުގައި، ޕާކިސްތާނުގެ ރިޓަޔަޑް ޖަސްޓިސް ނާޞިރު އަސްލަމް ޒާހިދު، ސިވިލް ކޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތާބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވެވިއެވެ. އެގޮތުން، ސިވިލް ކޯޓުގައި މައްސަލަތައް ނިންމުމުގައި ރިޢާޔަތްކުރާކަންކަމާއި، ސިވިލް ކޯޓުގެ އިޚްތިޞާޞްއާއި، އަޑުއެހުންތައް ބޭއްވޭގޮތާއި، އަދި ޕާކިސްތާނުގެ ކޯޓުތަކާއި އިންޑިޔާގެ ކޯޓުތަކުގެ ޙާލަތު ސިވިލް ކޯޓުގެ ޤާޟީންނާ ޙިއްޞާކުރެއްވިއެވެ.

މިވަގުތު ސިވިލް ކޯޓަށް ދިމާވެފައިވާ ދަތިތަކާއި، ކޯޓުގައި މައްސަލަތައް ހިނގާގޮތާއި، ރަނގަޅުކުރަންހުރިކަންކަމާބެހޭގޮތުން ސިވިލް ކޯޓުގެ ޤާޟީ ޢާއިޝާ ޝުޖޫން މުޙައްމަދު މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވިއެވެ.

މިއަދުގެ ބައްދަލުމުގައި، ސިވިލް ކޯޓު ހިންގުމާޙަވާލުވެ ހުންނެވި ޤާޟީ ޢާއިޝާ ޝުޖޫން މުޙައްމަދާއި، ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އަދީބާއި، ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ ޢަލީއާއި އަދި ސްޕްރީމް ކޯޓުގެ ސީނިއަރ ރަޖިސްޓްރަރ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގަތެވެ.

ޕާކިސްތާނުގެ ރިޓަޔަޑް ޖަސްޓިސް ނާޞިރު އަސްލަމް ޒާހިދު ރާއްޖެވަޑައިގެން އުޅުއްވަނީ ޔޫއެންޑީޕީއިން ރާއްޖޭގައި ހިންގާ "ޕްރޮޓެކްޓިންގ ހިއުމަން ރައިޓްސް އެންޑް ޕްރޮމޯޓިންގ އެކްސެސް ޓު ޖަސްޓިސް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

އިތުރު ޚަބަރުތައް

ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ