ރާއްޖެތެރެއާބެހޭބައި
މަދަނީ ކޯޓްގެ ރާއްޖެެ ތެރެއާއި ބެހޭ ސެކްޝަނަކީ ރާއްޖެތެރޭ ރަށު ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާއި ގުޅިގެން، ރަށު ކޯޓްތަކުން މާލެއިން ކުރަން ބޭނުންވާ ކަންތައްތައް ފަސޭހައިން އަވަހަށް ކުރުމަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ސެކްޝަނެކެވެ.
ރާއްޖެތެރެއާބެހޭ ބައިން ކުރާ މަސައްކަތްތައް
- ރަށުކޯޓްތަކަށް ހުށަހަޅޭ މަދަނީ މައްސަލަތުކުގެ ތެރެއިން މާލެއާއި މާލެކައިރި ރިސޯޓްތަކުގައި ތިއްބަވާ އެމައްސަލަތަކާއި ގުޅުން ހުންނަ މީހުންގެ ބަޔާން ނަގަން ރަށުކޯޓުން ބޭނުއްވެއްޖެހިދެއްގައި އެމީސްމިހުންގެ ބަޔާން ނެގުން.
- ރަށުކޯޓްތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ތެރެއިން މާލެއާއި މާލެ ކައިރީ ރިސޯޓްތަކުގައި ތިއްބަވާ އެމައްސަލަތަކާއި، ގުޅުންހުންނަ މީހުން އެމައްސަލަ ހުށަހެޅުނު ރަށުކޯޓަށް ޙާޟިރުކުރަން ބޭނުއްވެއްޖެ ޙާލަތެއްގައި އެރަށު ކޯޓަށް ޙާޟުރުވުމުގެ އަމުރު ޙަވާލުކޮށްދިނުން.
- ހަމައެހެންމެ ރަށުކޯށްތަކުން ނިންމާ މައްސަލަތަކާއި، ގުޅިގެން އެމައްސަލާގައި ހިމެނޭ ފަރާތްތައް މާލެއާއި މާލެކައިރި ރިިސޯޓްތަކުގައި ތިއްބަވާ ހާލަތްތަކުގައި އެމައްސަލަ ބެއްލެވި ކޯޓުން ބޭނުންވެއްޖެ ހާލަތެއްގައި އެމައްސަލަ ނިންމިގޮތް މާލޭގައިތިއްބަވާ އެމައްސަލައާއި ގުޅުންހުރި މީހުންނަށް އެންގުން.
- ރަށު ކޯޓްތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާއި، ގުޅިގެން ކުރަންޖެހޭ އެންމެހާ އިޢްލާނުތައް (މިލްކުވެރިކަން،ވާރިސަކު ހުރިތޯ، ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްވޭތޯ، ހޯދާ ނުފެނިގެން އުޅޭ މީހުން ޙާޟިރުވުމަށް،ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނެކަން އަންގާ، އަދި ހޮވައިގެންގެންނަ ތަކެތީގެ ވެރިއަކު ހޯދުމަށް) ޢިއްލާނުތައް ކޮށްދިނުން.
- ރަށު ކޯޓްތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކާއި،ގުޅިގެން ދަރަނި ރެކޯޑް ސާފުކުރަން ބޭނުންވާ މީހުންގެ ދަރަނީގެ ރެކޯޑް ސާފުކުރުން.
- ރަށު ކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކާއި، ގުޅިގެން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ކޯޓްއަމުރުތައް ފޮނުވުން. މީގެތެރޭގައި ބޭންކުތަކުގެ އެކައުންޓްތަކުގައި ހުރިފައިސާ އެކައުންޓްތައް ބަންދުކޮށް ހޯދުމާއި،އެކައުންޓް ވަގުތީގޮތުން ހިފެހެއްޓުމާއި،ދޫކޮށްލުމާއި،ޕާސްޕޯޓް ދޫކޮށްލުންފަދަ ކަންތައްތަކަށް އަމުރުފޮނުވުން.
- ރަށުކޯޓްތަކަށް ހުށަހެޅޭ މައްސަލަތަކާއި، ގުޅިގެން މާލޭގައި ތިއްބަވާ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުންނާއި ކުންފުނިތަކަށް ފޮނުވަންޖެހޭ އެންމެހާ ސިޓީފޮނުވުން.
- އިސްވެދެންނެވުނު ކޮންމެ ފިޔަވަޅެއްވެސް އެޅުމަށްފަހު އެފިޔަވަޅު އެޅިކަން ލަސްނުކޮށް ރަށުކޯޓްތަކަށް ފެކްސްމެދުވެރިކޮށް ފޮނުވުން.
