an image

އެގްރީމެންޓާއި، ޕަވަރ އޮފް އެޓަރނީ އާއި މިނޫންވެސް އެކިއެކިލިޔުން ކޯޓުގައި ރަޖިސްޓަރީކުރުމަށާއި، ކޯޓަށް ހުށަހެޅޭ ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއްކަން ލިޔުމުގައި ބަޔާންކުރުމަށާއި ކޯޓަށް ހުށަހެޅޭ ލިޔުންތަކުގެ ކޮޕީއަކީ އޭގެ އަޞްލާ އެއްގޮތް ކޮޕީކަން ކޯޓުން ތަސްދީޤުކުރުމަށާއި، ލިޔުމެއްގައި ކޮށްފައިވާ ސޮޔަކީ އެލިޔުމުގައި ބުނެފައިވާ ފަރާތުގެ ސޮއިކަން ޔަޤީން ކުރުމަށްޓަކައި މަދަނީ ކޯޓަށް ހުށަހަޅާނަމަ ހުށަހަޅަންވާނީ މަދަނީ ކޯޓުގެ އެމް- 16 ނަންބަރު ފޯމުންނެވެ.

މަތީގައި ބުނެވުނު ފަދަ ކަމެއް ކުރަން ހުށަހަޅާ ފަރާތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަކޮށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08.00 އިން 11.00 އާއި ދެމެދު ކޯޓަށް ހުށަހެޅުމުން ޖެހިގެން އަންނަ ދުވަހު އެކަމެއް ކުރެވޭނެއެވެ. މިފޯމު ހުށަހަޅާއިރު ރަޖިސްޓްރީ ކުރަން ހުށަހަޅާ އެގްރީމެންޓްގައި ސޮއިކުރަންޖެހޭ އެންމެން ކޯޓަށް ޙާޟިރުވާން ޖެހޭނެއެވެ. އަދި ލިޔުމެއް ތަސްދީޤު ކުރަން ހުށަހަޅާނަމަ އެލިޔުމެއްގެ އަޞްލު ކޯޓަށް ގެންނަންވާނެއެވެ. ލިޔުމެއްގެ އެއްވެސް ފަރާތަކުން ސޮއިކުރާނަމަ އެމީހަކު ޙާޟިރުވާންޖެހޭނެއެވެ.

ރަޖިސްޓްރީ ކުރަނީ އެގްރީމެންޓެއްނަމަ، އެއެގްރީމެންޓް ކޯޓުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ޤާނޫނުގެ ދަށުން އެގްރީމެންޓުގައި ޖަހަންޖެހޭ ރެވެނިއު ސްޓޭމްޕް ހުށަހަޅަންވާނެއެވެ.

.އެގްރީމެންޓް ފިޔަވައި އެހެން ލިޔުމެއް ކޯޓުގައި ރަޖިސްޓްރީ ކުރާނަމަ، ނުވަތަ ލިޔުމެއް ތަސްދީޤު ކުރާނަމަ ކޮންމެ ލިޔުމަކަށް -/100 ރުފިޔާގެ މަގުން ކޯޓަށް ފީ އެއް ދައްކަންވާނެއެވެ

ލޯނާއި ރަހުނު އެގްރީމަންޓް

  • އެއެގްރީމަންޓްގެ ސޮއިނުކުރާ މަދުވެގެން 3 ކޮޕީ
  • ރަހުނުކުރާ މުދަލު ނުވަތަ ގޯތީގެ ރަޖިސްޓަރީގެ ކޮޕީ
  • އެއްބަސްވުމުގައި ކުންފުންޏެއް ހިމެނޭނަމަ އެކުންފުނީގެ ބޯޑު ރިޒޮލިއުޝަން
  • އެއްބަސްވުމުގައި ސޮއިކުރާ މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ
  • ޤާނޫނު ނަންބަރ 70/4 ( އެކިއެކިލިޔުންތަކުގައި ސްޓޭމްޕް ޖެހުމާބެހޭ ޤާނޫނު ) ގެ 4 ވަނަމާއްދާގައިވާ ގޮތުގެ މަތިން ޖަހާ ސްޓޭމްޕް
  • ނޯޓް: ސްޓޭމްޕް ހުށަހަޅާނީ މިކޯޓުން އެގްރީމަންޓް ނުވަތަ ލިޔުން ރަޖިސްޓްރީ ނުވަތަ ތަސްދީޤުކުރެވޭނެކަން އެންގުމުންނެވެ.
  • ކުއްޔަށްހިފުމާއި ދިނުމުގެ އެގްރީމަންޓް

    • އެއެގްރީމަންޓްގެ ސޮއިނުކުރާ މަދުވެގެން 3 ކޮޕީ.
    • ކުއްޔަށްދޭ އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ކޮޕީ.
    • ކުއްޔަށްދިނުމުގެ ހުއްދަ.
    • އެއްބަސްވުމުގައި ކުންފުންޏެއް ހިމެނޭނަމަ އެކުންފުނީގެ ބޯޑު ރިޒޮލިއުޝަން.
    • އެއްބަސްވުމުގައި ސޮއިކުރާ މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ.
    • 10.00 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ( ހުށަހަޅާ ފަރާތަށް ދޫކުރާ ކޮންމެ ކޮޕީއަކަށް ސްޓޭމްޕް ހުށަހަޅުއްވަންވާނެއެވެ. )

    ޕަވަރ އޮފް އެޓާރނީ

    • ޕަވަރ އޮފް އެޓާރނީގެ ސޮއިނުކުރާ މަދުވެގެން 3 ކޮޕީ.
    • ޕަވަރ އޮފް އެޓާރނީގައި ސޮއިކުރާ މީހުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ.
    • ރަޖިސްޓަރީކޮށްދިނުމުގެ ފީ ކޮންމެ ކޮޕީއަކަށް 100.00 ރުފިޔާ ( ހުށަހަޅާ ފަރާތަށް ދޫކުރާ ކޮންމެ ކޮޕީއަކަށް ).
    • މީގެ އިތުރުން ޕަވަރ އޮފް އެޓާރނީގައި ތިރީގައި މިވާ މައުލޫމާތު ހިމެނުމަށް ސަމާލުކަން ދެއްވަންވާނެއެވެ.
    • ހ. ޕަވަރ އޮފް އެޓާރނީ ދެނީ ގޯއްޗަކާބެހޭ މުޢާމަލާތެއް ކުރަންކަމަށްވާނަމަ އެގޯތީގެ ރަޖިސްޓްރީގެ ކޮޕީ.
    • ށ. ޕަވަރ އޮފް އެޓާރނީ ދެނީ ލޯނެއްނަގަންކަމަށްވާނަމަ، ލޯނުނެގޭނެ އަދަދާއި ލޯނު ނެގޭނެ ގޮތް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

    ލިޔުމެއްގެ އަސްލާއެއްގޮތްކަން ބަޔާންކޮށް ދޫކުރާ ލިޔުން

    • އަސްލާއެއްގޮތްކަން ބަޔާންކުރަން ބޭނުންވާ ލިޔުމާއި އެލިޔުމުގެ އަސްލު.
    • ކޮންމެ ލިޔުމަކަށް 100.00 ފީއެއް

    މަރުސާބިތުވިކަމުގެ ލިޔުން

    • މަރުސާބިތު ފޯމުގެ ކޮޕީ؛ ފޯމު ނެތްނަމަ މަރުވިކަންސާބިތުކުރުމަށް ހުށަހަޅާ ދެހެކިން ( ހެކިންނަކީ ދެފިރިހެނުންކަމުގައި ވާންވާނެއެވެ. )
    • ކާވެނީގެ ސެޓްފިކެޓް
    • އައިޑެންޓިޓީ ކާޑުގެ ކޮޕީ
    • 5.00 ރުފިޔާގެ ރެވެނިއު ސްޓޭންޕް

    ފުރުތަމަ ސަފުޙާ | ގުޅުއްވާލައްވާ